ކޮޅުވެއްޓިއެއްގައި މަސައްކަތްކުރާ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ގެއްލިގެން ހޯދަން ފަށާފައިވަނީ ނ. މިލަދޫ / ގުމުރީގެ، އުމުރުން 30 އަހަރުގެ މުއްރަތު އަލީއެވެ.
ފުލުހުން ބުނީ، ޢަލީގެ ޚަބަރެއް ނުވެ، ގެއްލިފައިވާ ކަމަށް މި ހިނގާ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު އާއިލާއިން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އޭނާ މަސައްކަތް ކުރަމުންދިޔައީ، ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ ތިންވަނަ ދުވަހު 17:00 އެހައިކަންހާއިރު، އެ ކޮޅުވެއްޓީގައި ހުއްޓައި ކަމަށާއި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހެއް ކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މުއްރަތު އަލީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9833000 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.
