ގެއްލިގެން ހޯދަމުން ދިޔަ މީހާ އަމިއްލައަށް ފުލުހުންގެ ިއިދާރާއަށް ހާޒިރު ވެއްޖެއެވެ.
ގެއްލިގެން ހޯދަން ފުލުހުން މިއަދު ޢިއުލާންކުރި ނ.މިލަދޫ، ގުމްރީގެ، މުއްރަތު ޢަލީއެވެ.
މުއްރަތު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށްވަނީ ރިޕޯޓްކޮށްފައިވަނީ ޑިސެމްބަރު 6 ވަނަ ދުވަހުއެވެ.
އޭނާ ހޯދަމުން ދަނިކޮށް ހުޅުމާލެ ދެވަނަފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ އޭނާގެ ޙާލު ރަނގަޅު ކަމަށް ބުނެފައެވެ.
