ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް(‏ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި ޗެއާމަންކަމުގެ މަޤާމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަޤާމު ފުރުއްވި މުޙައްމަދު ލަޠީފު އައްޔަންކުރައްވައިފިއެވެ.

ސްޓެލްކޯގެ ޗެއާމަންކަމުގެ މަޤާގައި ކުރިން ހުންނެވި، ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހީމް މުޙައްމަދު ދީދީ މިދިޔަ ހޯމަ ދުވަހު ވަނީ، އެ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ.

ލަޠީފަކީ 34 އަހަރު ވަންދެން ސްޓެލްކޯ އަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި މިދިޔަ މަހުގައި އޭނާ ވަނީ، އެ ކުންފުނީގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައެވެ.