ދިވެހިރާއްޖޭގެ އަމީރުލް ހައްޖު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓަރު ޕްރޮޓޮކޯލްގައި ވަޑައިގެން މިހާރު ހުންނެވީ މައްކާގައި އަމީރުލް ޙައްޖު ހުންނަވަން ހަމަޖެހިފައިވާ ގަނޑުވަރުގައެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށް 453 ޙައްޖުވެރިން ގޮސްފައިވާއިރު، ހުރިހާ ޙައްޖާޖީންނާއި އަމީރުލް ޙައްޖާއި އަނބިކަބަލުންގެ ހާލުކޮޅުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަނުން މަޢުލޫމާތުދެއެވެ.

މިއަހަރުގެ ޙައްޖުދުވަހަކީ މި ހިނގާ ޖުލައި މަހުގެ 8 ވާ ހުކުރު ދުވަހެވެ.