ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ނުނިންމުނު އަމީނީ މަގުގެ ނުނިމި ހުރި މަސައްކަތް، އައު ސަރުކާރުން ފަށައިފިއެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫޢުގައި ޖުމްލަ 13 ސެގްމަންޓް ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން، މިހާރު ނުނިމި ވަނީ، ފަހު ދެ ސެގްމަންޓްގެ މަސައްކަތެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން، މާފަންނަަށް އަމީނީމަގުގައި ބާކީ އޮތް ސަރަހައްދެވެ.

އާރްޑީސީން ބުނީ، އަލުން މަސައްކަތްތައް ފަށަނީ، ކުރީގެ ސްކޯޕާއި އެއްގޮތަށް ކަމަށެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދުގައި ތާރު އަޅައި، ތަރައްޤީ ކުރުން ހިމެނެއެވެ.

މި މަޝްރޫޢު އާރްޑީސީއާއި މިދިޔަ އަހަރުގެ ޖުލައި މަހު ޙަވާލު ކުރީ 84.4 މިލިޔަން ރުފިޔާއަށެވެ. އެހެންނަމަވެސް، ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.