ދިވެހިރާއްޖޭގެ މަސްވެރިންގެ ކަންބޮޑުވުންތަކާއި ޚިޔާލު ސަރުކާރާއި ހިއްސާކުރުމަށް މަސްވެރިންގެ ދުވަހާއި ގުޅިގެން، ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ ”މަސްވެރިންގެ ގުންޒަރު“ ފަށައިފިއެވެ.

މި ގުންޒަރު ފެށީ މިއަދު ހެނދުނު 09:00 ން ހަވީރު 17:00 ގެ ނިޔަލަށެވެ.

ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް އިފްތިތާޙު ކޮށްދެއްވި މި ގުންޒަރުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމުލަ 40 މަސްވެރިންގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުންވެސްވެސް ވަނީ ބައިވެރިވެފައެވެ.

މި ގުންޒަރުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ދެމެހެއްޓުމައްޓަކައި ހިންގަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދެމުން އަންނައިރު،  މަސްދޯނިފަހަރުގައި ރެސްކިއު ޑައިވިނަށް ސެޓިފައިވެފައިވާ ފަޅުވެރިން ތިބުމުގެ މުހިންމުކަމާއި، ކަނދުފަތި ގާއިމްކުރުމުގައި ބަލަންޖެހޭ ބައެއް ފަންނީ ކަންކަމަށް އަލިއަޅުވައިލަމުން ދެއެވެ.