ދައުލަތުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ހުށަހަޅާ ބީލަންތައް ބަލައި ދިރާސާކޮށް ކުންފުނިތަކާ އެ މަސައްކަތް ހަވާލުކުރާ ނެޝަނަލް ޓެންޑަރ ބޯޑު އަލުން އެކުލަވާލައިފިއެވެ.
ޓެންޑާ ބޯޑުން އިވެލުއޭޓް ކުރަނީ ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑެތި މަޝްރޫޢުތަކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެކުލަވާލި ފުރަތަމަ ޓެންޑާ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ސާއިދުއެވެ.
ޓެންޑާ ބޯޑުގެ މެންބަރުން
ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު – ޗެއާމަން
އަބްދުﷲ އިމްރާން – ވައިސް ޗެއާމަން
މުންތާޒު އަބްދުއްރަޙީމް – މެންބަރު
އާދަމް ބަދުރުﷲ – މެންބަރު
މުޙައްމަދު ޝަނޫން ފުއާދު – މެންބަރު
ފާތިމަތު މުޙައްމަދު ދީދީ – މެންބަރު
އައިމިނަތު ޒީނިޔާ – މެންބަރު
އަންނަ އަހަރު ޕީއެސްއައިޕީ އަށް 8.9 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، އެއީ 317 މަޝްރޫއަށް ހިނގާ ހަރަދެވެ.

