ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގައި، ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓަށް ވާދަ ކުރައްވަން، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ނިންމަވައިފިއެވެ.
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ނިންމެވިކަން ހާމަ ކުރައްވައި، ދުންޔާ ވިދާޅުވީ، މާތް الله ގެ ވާގިފުޅާއެކު، އޭނާ އަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ހުޅުމާލެޅޭގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އިޚްލާޞްތެރި އެދުން ކަމަށެވެ.
”ތިޔަބޭފުޅުން އެދޭ ފުދުންތެރިކަމާއި ތަރައްޤީ ގެނެސްދިނުމަށްޓަކައި މިސަރުކާރާއެކު ވަކާލާތު ކުރުމުގައި އަޅުގަނޑު ދެމި ހުންނާނަން.“
ދުންޔާ ވަނީ، މި މަސައްކަތުގައި، އޭނާ އަށް ދާއިރާގެ ރައްޔިތުންގެ ތާއީދު މުހިންމުވާތީ، ރައްޔިތުންގެ މަދަދާއި ތާއީދަށް އެދިވަޑައިގަންނަވައިފައެވެ.
﷽
ކުރިއަށް އޮތް ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީގައި ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓަށް ވާދަކުރުމަށް އަޅުގަނޑު ނިންމައިފިން.
މާތް الله ގެ ވާގިފުޅާއެކު، އަޅުގަނޑަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ހުޅުމާލެގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އަޅުގަނޑުގެ އިޚްލާޞްތެރި އެދުން.… pic.twitter.com/u4rVGup8Kr— Dunya Maumoon (@dunyamaumoon) December 10, 2023
އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބަށް، ޕީޕީއެމް/ޕީއެންސީ އިން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީ މި މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް އެ ދެ ޕާޓީގެ ސެނެޓުން ވަނީ ނިންމައިފައެވެ.
ޕީޕީއެމް/ޕީއެންސީ އިން ބުނީ، މި ސަރުކާރު ދެމެހެއްޓުމަށް، މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުން ވަރަށް މުހިންމު ކަމަށެވެ.
ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް، މަޖިލިސް އިންތިޚާބު ކާމިޔާބުކުރެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް ވެސް އެ ކޯލިޝަނުން ބުނެފައިވެއެވެ.
