ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ކުރީގެ ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް، ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް)އާއި ގުޅިވަޑައިގަތުމުން، ޕީޕީއެމްގެ ސެނެޓަރު އަޙްމަދު ސިއްދީޤު ކަމްބޮޑުވުންފާޅުކުރައްވައިފިއެވެ.

ޕީއެންއެފް އަކީ ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތް ކުރަމުން އަންނަ އައު ސިޔާސީ ޕާޓީއެވެ.

އެ ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން މަސައްކަތް ކުރަމުން އަންނައިރު، ރައީސް ޔާމީން މިރޭ ވަނީ، ޕާޓީއާ ގުޅިވަޑައިގެންފައެވެ. އެމަނިކުފާނު ޕީއެންއެފްއަށް ސޮއި ކުރެއްވީ މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިކަމާ ގުޅިގެން ސިއްދީޤު ވިދާޅުވީ، މިއީ ޕީޕީއެމްގެ އާއިލާއަށް ލިބުނު ހިތާމައެއް ކަމަށެވެ.

https://twitter.com/AhmedSiddeeq/status/1733902038365512098?t=bv1zwWWZLCc4T13aM-F4oQ&s=19

ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނާއި ވަކިވެވަޑައިގަތީ، ރައީީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ހަފްތާއެއް ވެސް ނުވަނީހެވެ. ޕީއެންއެފްގެ މުއައްސިސަކީ ރައީސް ޔާމީންގެ ދަރިކަލުން ޒޭން ޔާމީންއެވެ. މި ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ރައީީސް ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރަކަށް ހުންނެވި މުޙައްމަދު މަލީހު ޖަމާލް އާއި، ކުރީގެ ނައިބު ރައީީސް އަދި ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙުމަދެވެ.

ރައީީސް ޔާމީންގެ ފަޅީގައި ހުންނެވި ބޭފުޅުން ވިދާޅުވަނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕަށް މިއަދު އެމަނިކުފާނު މުހިންމު ނުވާ ކަމަށާއި، ސަރުކާރު އެކުލަވައިލުމުގައި އެމަނިކުފާނުގެ މަޝްވަރާ ހޯޯއްދަވައިފައިނުވާ ކަމަށެވެ. ރައްދުގައި، ރައީީސް މުޢިއްޒުގެ ފަޅިން ވިދާޅުވަނީ، ޕީޕީއެމް/ޕީއެންސީއާއި ދުރަށް ވަޑައިގެންނެވީ ރައީީސް ޔާމީން ކަމަށާއި، އެމަނިކުފާނުގެ އަރިހުގައި މިއަދު އެ ތިއްބެވީ އިޙްލާސްތެރިން ނޫން ކަމަށެވެ. އަދި ރައީސް ޔާމީނަށް މިހާރު ވެސް އެންމެ ހެޔޮ އެދޭނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.