އައްޑޫ ސިޓީ ހިތަދޫގެ ފިހާރައަކުން ވައްކަންކުރަން އުޅުނު މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ، އިއްޔެ 15:10 ހާއިރު ހިތަދޫ ފިހާރައަކުން ވައްކަން ކުރަން އުޅުނު މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ހައްޔަރުކޮށް، ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 18 ރަބަރު ޕެކެޓް ފެނުނު ކަމަށް ފުލުހުން ބުނެއެވެ.
ވައްކަން ކުރަން ވަން މީހާ ހިފަހައްޓަން އެ ފިހާރައިގެ ސޭޓު ކުރި މަސައްކަތުގެ ސަބަބުން، ސޭޓަށް އަނިޔާވެފައިވާތީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
