ބޮޑު އީދާ ދިމާކޮށް މި މަހުގެ 10-14 އަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފިއެެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުއީ އީދު ބަންދަށް ފަހު މިހާރެކޭ އެއްގޮތަށް ބޭންކް ހުޅުވައި ހިދުމަތް ދޭން ފަށާނީ މި މަހުގެ 17 އިން ފެށިގެން ކަމަށާއި،  ބޭންކް ބަންދުކުރުމުގެ ކުރިން ބޭންކަށް ގޮސްގެން ޖެހޭ ހިދުމަތްތަކާއި މުއާމަލާތްތައް ދުރާލައި ނިންމުމަށް އެދޭ ކަމަށެވެ.

ޓީޓީ، ޗެކް ޕޮރެސެސްކުރުމާއި ލޯކަލް ޓްރާންސްފަރ ފަދަ މުހިންމު ހިދުމަތްތަކަކަށް ސުންގަޑި ކަނޑައެޅިފައިވާ ކަމަށާއި، އެހެންކަމުން އެ ސުންގަޑީގެ ކުރިން ހިދުމަތަށް އެދި ހުށަހެޅުއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ގައުމީ ބޭންކުން ބުނެއެވެ.

އެގޮތުން ސުންގަޑިއަށް ފަހުން ލިބޭ ރިކުއެސްޓް އަދި ޗެކްތައް ޕްރޮސެސްކުރެވޭނީ ދެން ބޭންކު ހުޅުވޭ ދުވަހު ކަމަށްވެސް ވަނީ ބުނެފައެވެ.