މޫނު ނިވާކޮށްގެން އައްޑޫސިޓީ މަރަދޫ-ފޭދޫ ގެއަކަށް ވަދެ އެގޭގެ ބިއްލޫރި ތަޅާލި މީހަކު ހޯދަން ފުލުހުން އިޢުލާންކޮށްފިއެވެ.

އައްޑޫސިޓީ މަރަދޫ-ފޭދޫގައި ހިނގި މި ހާދިސާ ގަން ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުން އަންނައިރު، ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، ހެލްމެޓެއް އަޅައިގެން އައި ފިރިހެން މީހާ ރޭގަނޑު ވަގުތެއްގައި އެގޭ ތެރެއަށް ވަދެގެން ދަނީ 7 ވަރަކަށް ގާ ބުރި ހިފައިގެންނެވެ. އަދި ފަހަރަކު ގަލަކުން ގޭގެ ބިއްލޫރި ތަޅަމުންދާ މަންޒަރު ފެނެއެވެ.

ފުލުހުން ބުނީ ވީޑިއޯ އިން ފެންނަނީ ކާކުކަން މިހައިތަނަށްް ދެނެގަނެވިފައި ނުވާ ކަމަށެވެ.

ނަމަވެސް ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދޭ ކަމަށެވެ.