ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސިޔާސީ ދާއިރާ ”މިވަގުތަށް“ ދޫކޮށްލިކަން ހާމަކޮށްފިއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޮސްޓެއްގައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ އެކިއެކި މަސައްކަތުގައި އެމަނިކުފާނު އުޅޭތާ އަހަރުތަކެއް ވެއްޖެ ކަމަށާއި ސިޔާސީ މަސައްކަތުގައި ގިނަގުނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނު ކަމަށެވެ.
އެފަރާތްތަކަށް ޝުކުރު ދަންނަވަމުން ނަޝީދު ވަނީ އަހަރުތަކަކަށް އެމަނިކުފާނު ސިޔާސީ މަސައްކަތުން ދުރުވާކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވަނީ ސިޔާސީ މަސައްކަތުން ދުރުވާކަން އިއުލާނުކޮށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ވާދަ ނުކުރައްވާނެކަން އިޢުލާނު ކުރައްވައިފައެވެ.
ސިޔާސީ މަސައްކަތުގައި އެންމެ ބޮޑަށް އުޅުއްވީ ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއް ފައްކާކުރުމުގެ މަސައްކަތް ކަމަށާއި، ރާއްޖެއަކީ އިސްލަމީ މަތިވެރި އުސޫލްތައް ހިފަހައްޓައި، އިންސާނީ ޙައްޤު ތަކަށް އިޙްތިރާމް ކުރާ އަދި ރައްޔިތުންނަށް ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރު ކުރެވިފައިވާ ތަނަކަށް ރާއްޖެ ހެދުމަށް ވެސް މަސައްކަތް ކުރެވުނު ކަމަށް ނަޝީދު ވިދާޅުވިއެވެ.
Siyaasee kankamaai mivaguthu dhurahjehun pic.twitter.com/93tQn9gyFh
— Mohamed Nasheed (@MohamedNasheed) December 12, 2023
ނަޝީދު ސިޔާސީ މައިދާން ދޫކޮށްލެވިއިރު، މަޖިލީހުގެ ރައީސް ކަމުން ވެސް ނަޝީދު ވަނީ ވަކިކޮށްފައެވެ.

