ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހައިތަނަށް ބަދަލުގެ ގޮތުގައި އެއްވެސް ފަރާތަކަށް ފައިސާ ދޫކޮށްފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ، އޮންލައިން ނޫހެއްގައި އައު ސަރުކާރުން ވެރިކަމާއި ޙަވާލުވުމަށްފަހު މިހައިތަނަށް ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.

އެ ނޫހުގައި ރިޕޯޓުކޮށްފައި ވާގޮތުން ނޮވެމްބަރު 24 އިން ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ދޫކޮށްފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ސަރުކާރުން އެއްވެސް ފަރާތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދީފައި ނުވާނެ ކަމަށާއި، މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށެވެ.

މި ސަރުކާރުން ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޫހަކުން ރިޕޯޓުކޮށްފައިވާއިރު، ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންފައި ވަނީ ސަރުކާރުގެ ބަދަލުދޭ ކޮމިޓީ (ސެޓްލްމަންޓް ކޮމެޓީ) އުވައިލައްވައިފައެވެ.