މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަކަން އެނގިއްޖެއެވެ.

Ads by Asuru

އައިޖީއެމްއެޗުން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އައިސީޔޫގައި ހަތަރު މީހަކަށް ފަރުވާ ދެމުން އަންނައިރު، އޭގެތެރެއިން ތިން މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

ބަހަކާއި ކާރެއް ޖެހި ހިނގާދިޔަ މި އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވި އަންހެން މީހާ ވަނީ ނިޔާވެފައެވެ. ގއ. މާމެންދޫ، ބިލަތްމާގޭ، މަރްޔަމް އަމާނީ ރަޝީދު، 23، އެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ މޭރީބްރައިން ރެސްޓޯރަންޓް ކައިރީގައި މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރު ކޮންޓުރޯލް ނުވެ ބަހުގައި ޖެހުމުންނެވެ.

މި އެކްސިޑެންޓްގެ މަންޒަރު ފެންނަ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.