ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ) ‏އޮފީހުގެ އިސް ވަކީލަކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ މައްސަލަ ބަލަން ފަށައިފިއެވެ.

 

 

”އަސުރަށް“ ކަށަވަރުވެފައިވާ ގޮތުގައި، ފުލުހުން ބަލަމުންދަނީ، ޕީޖީ އޮފީހުގެ ވަކީލެއްގެ މަޤާމުގައި ހުރި އަޙުމަދު ޝަފީޢުގެ މައްސަލައެވެ.

އޭނާ އެއްޖިންސުން ގުޅުން ހިންގައި، އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރިގެންދިޔައިރު، އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ، މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ޝެއިޚް އާދަމް ނިޝާން ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކޮށް، ހަޖޫ ޖަހައި، އެއްޖިންސުން ގުޅުން ހިންގުމާއި، ފާޙިޝް ހަޑިމުޑުދާރު ޢަމަލު ފެތުރުމަށް މަސައްކަތްކުރާ، މުރުތައްދު ލާދީނީ ފަރާތްތައް ވަގުތުން ހިފާ ހައްޔަރު ކުރަން ޖެހޭ ކަމަށެވެ.