ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް، މޫސުމާއި ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓުން ވަނީ ކ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. 7:15ގައި ނެރުނު މި އެލާޓްގެ ވަގުތު ހަމަ ވާނީ، މިއަދު މެންދުރު 1:00ގައެވެ.

މެޓުން ކުރިން ވަނީ މިއަދު ހެނދުނު ހަތެއް ޖެހުމާ ހަމައަށް ހއ އަތޮޅުން ފެށިގެން ދ އަތޮޅަށް ވެސް ވައިޓް އެލާޓެއް ނެރެފައެވެ.

މީގެއިތުރުން މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 6 ޖެހުމާ ހަމައަށް ކ އަތޮޅުން ފެށިގެން މ އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި އެހެން ހިސާބުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.