ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަކީ ރައްޔިތުންނަށް ޖެހިފައިވާ ބޮޑު މުސީބާތަކަށް ވެއްޖެ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވަނީ ހާމަކުރައްވައިފައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވަނީ މިނިސްޓަރު އަމީރު ވަނީ ރާއްޖޭގެ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށް، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށާއި ހަރަދުތައް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަން މަޝްވަރާތައް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި ޓީޖީއެސްޓީ ރޭޓުން ހަތަރު އިންސައްތަ އިން ބޮޑުކުރުން އަދި ޖީއެސްޓީ ރޭޓު ދެ އިންސައްތަ އިން ބޮޑުކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މަލީހު ވިދާޅުވީ ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުތަނުން ބޮޑު ކުރުމަށްފަހު،  ހަތިޔާރު އެޅި ސިފައިން މަގުމައްޗަށް ނެރުނީމަ ގަވަރނަންސްގެ ކަންފުޅެއް ނެތްކަން ހާމަވާ ކަމަށެވެ.

އެމްޑީޕީއަކީ ރައްޔިތުންނަށް ޖެހިފައި އޮތް ބޮޑު މުސީބާތަކަށް ވެއްޖެ ކަމަށާއި ނުވަންޏާ އިސްތިއުފާ ދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.