ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީ އަންނަ މަހަށް ފަސްކޮށްފިއެވެ.
ކުރިން ހަމަޖެހިފައި އޮތީ ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީ މި މަހުގެ 23 ގައި ބޭއްވުމަށެވެ. ނަމަވެސް މިހާރު ވަނީ ޕްރައިމަރީ އަންނަ މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
ޕީޕީއެމް/ޕީއެންސީން ބުނީ ޕްރައިމަރީ ފަސްކުރީ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ތާރީޚަކީ ސްކޫލް ބަންދު ދުވަސްވަރަކަށް ވެފައި، ގިނަ އަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، އުމްރާ އަށް ޤައުމުން ބޭރަށް ދަތުރު ކުރަން ހަމަޖެހިފައިވާތީ، ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުންނާއި ކޯލިޝަނުގެ އާންމު މެމްބަރުންގެ އެދުމުގެ މަތިން ކަމަށެވެ.
ޕްރައިމަރީގައި ވާދަކުރަން ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާއިރު، ޕީޕީއެމުން ވަނީ ޕްރައިމަރީގައި ވާދަކުރަން ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އަންނަ ހަފްތާގައި އާންމު ކުރާނެ ކަމަށް ބުނެފައެވެ.
އަދި ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ވަގުތު ވެސް އިޢުލާނު ކުރާނެ ކަމަށް ބުނެފައިވެއެވެ.
ޕްރައިމަރީގައި ވާދަކުރެވޭނީ އަދި ޕްރައިމަރީގައި ވޯޓު ލެވޭނީ ވެސް މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް ޕީޕީއެމް-ޕީއެންސީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ލަސްކޮށްގެން ނުވާނެ… ދިގުދައްމަނީ ކޮއްކޮ ނުހޮވޭނެތީވެ. ޏިލަންދޫ ގަނެލަން ވެގެން. މުޅި ސަރުކާނު އެއްކޮށް ނިލަންދޫ އަށް