އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަަށް ފުލުހުން ބުނެފިއެވެ.

Ads by Asuru

ފުލުހުން މިއަދު ބުނީ، ކުއްޖާ ގެއްލިގެން އާއިލާއިން ރިޕޯޓް ކުރީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި، ކުއްޖާ ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ހޯދަމުން އަންނަނީ އައިމިނަތު ޒާރާ ރިޔާޒު ނަމަކަށް ކިޔާ ކުއްޖެކެވެ. އެ ކުއްޖާ މިމަހުގެ 10 ވަނަ ދުވަހު މެންދުރު ގެއިން ނުކުތީ 2:30 ހާއިރު ކަމަށް އާއިލާއިން ބުނެއެވެ.

އަދި އޭރު ލައިގެން ހުރީ ނޫކުލައިގެ ޖިންސަކާއި ކަޅު ޓޮޕެކެވެ. އެކުއްޖާ އެރޭ ގެއަށް ނާންނަ ކަމަށްވެސް އާއިލާއިން ބުނެއެވެ.

https://twitter.com/layyyariyaz/status/1546744318295085056

ކުއްޖާގެ އާއިލާއިން ވަނީ އެކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، 9463201އަށް ގުޅައި، މައުލޫމާތު ދިނުމަށްވެސް އެދިފައެވެ.