ރާއްޖޭން މި އަހަރު ހައްޖަށް ދިޔަ މީހުން މި މަހުގެ 20 އިން ފެށިގެން ސައޫދީ އަރަބިއްޔާ އިން އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މި އަހަރު ރާއްޖޭން 453 މީހަކު ހައްޖަށް ދިޔައެވެ. އެ އެންމެންވެސް ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. މި އަހަރު ހައްޖަށް ދިޔަ މީހުން ސައުދީ އަށް ފުރީ ތިން ގްރޫޕަކަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފުރަތަމަ ގްޕޫރް އަންނާނީ މި މަހުގެ 20 ގައި ކަމަށެވެ. ދެވަނަ ގްރޫޕް މި މަހުގެ 23 ގައި އަދި ތިން ވަނަ ގްރޫޕް އަންނާނީ 27 ގައެެވެ.
މި އަހަރު ރާއްޖޭގެ އަމީރުލް ހައްޖަކީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.