މާލެ ސިޓީ ކައުންސިލުން ބާއްވާ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގައި މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުން އޮންނާނެކަން މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ ބައްދަލުވުން އޮތީ 19 ޖުލައިވާ އަންގާރަ ދުވަހުގެ ރޭ 8:30 ގައި ލޮނު ޒިޔާރާތް ޕާކުގައެވެ.
މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، މިފަހަރުގެ ބައްދަލުވުމުގައި ސިޓީ ކައުންސިލުން ފާއިތުވި ހަމަސް ދުވަހު ކުރި މަސައްކަތާއި، ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި، ބަޖެޓު ހުށަހެޅުންވެސް އޮންނާނެއެވެ.
”ރައްޔިތުންގެ ހިޔާލާ މަޝްވަރާ، އަދިވެސް އިތުރު ކަންކަން.“
Rayyithunnge bahdhaluvumuge miaharuge 2 vana bahdhaluvun 19 July 2022 gai, Lonuziyaarai Park gai onnaane. Veythuvi 6 mahuge report, kuriyah oi aharuge masakakthu thaaval, budget hushahelhun, rayyithunge khiyaal aa mashwara, adhives ithuru kankan. Mi bahdhalvumah dhauvath aruvan pic.twitter.com/PrOz7suQHz
— Dr Mohamed Muizzu (@MMuizzu) July 11, 2022
މޭޔަރު ވަނީ މި ބައްދަލުވުމަށް މާލެ ސިޓީގެ އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވައިފައެވެ.
މާލެ ސިޓީ ކައުންސިލަކީ ގިނަ ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާ ކައުންސިލެކެވެ. އެގޮތުން ރައްޔިތުންނާ ގާތް ގުޅުމެއް ބޭއްވުމަށް މޭޔަރު މުއިއްޒު ގޭގެއަށްވެސް ޒިޔާރަތް ކުރައްވައެވެ.