މިއީ މަޖަލަކަށް ބުނެ އުޅޭ ވާހަކައެެކެވެ. ކައިވެންޏަށް ފަހުގައި އަންހެނުން ފަލަވާއިރު، ފިރިހެނުން ފަލަވަނީ ވަރިއަށް ފަހުގައެވެ.

Ads by Asuru

މި ޖޯކު އެއްފަރާތް ކުރުމަށްފަހު ދައްކަން މިއުޅެނީ ކައިވެންޏަށް ފަހުގައި އަންހެނުން ފަލަވާ ވާހަކައެވެ. މިއީ ކިހިނެއް، އަދި ކީއްވެގެން ވާކަމެއްކަން ސާފެއް ނޫނެވެ.

ސިންގަލްކޮށް ހުރުމަށްފަހު ޒަވާޖީ ހަޔާތެއް ފެށުމުން ތިބާގެ ދިރިއުޅުމަށް ގިނަ ބަދަލުތަކެއް ގެނުވައެވެ. މިއީ އެނގެން އޮތް ހަގީގަތެކެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށާއި، ކެއުމުގެ އާދަތަކަށްވެސް އެކި ބަދަލުތައް އަންނަނީއެވެ.

ބަައެއް ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި، ކައިވެންޏަށް ފަހުގައި ބަރުދަން އިތުރު ވަނީ ހަމައެކަނި އަންހެނުން އެކަންޏެއް ނޫނެވެ. ދެމަފިރިންނަށްވެސް މިކަން ދިމާވެއެވެ. ނަމަވެސް މި ލިޔުމުގައި މި ބަލާލަނީ ކައިވެންޏަށްފަހު އަންހެނުން ފަލަވާ ބައެއް ސަބަބުތަކަށެވެ.

 

ކެއުމުގެ އާދަތަކަށް ބަދަލު އައުން:

ކައިވެންޏަށް ފަހުގައި، އަންހެނާއަށް ފިރިމީހާއަށް ކައްކައިދޭން ޖެހެއެވެ. އެއާއެކު ކުރިން ގެންގުޅުނު ކެއުމުގެ އާދަތަކަށް ބަދަލު ގެނެެސް، ފިރިމީހާ އާއި އޭނާގެ އާއިލާ މީހުން ރުއްސުމަށްޓަކައި މީރުހާ ކާތަކެތި ތައްޔާރު ކުރެވެއެވެ. މިކަމުގެ ސަބަބުން ބަރުދަން އިތުރުވާން މެދުވެރިވެއެެވެ.

އަމިއްލަ ނަފްސަށް ސަމާލުކަން ނުދެވުން:

ކައިވެނީގެ ކުރިން ރީތިކޮށް ހުރުމަށް އިސްކަން ދެވުނަސް، ބައެއް އަންހެނުންނަށް ވާގޮތަކީ ކައިވެންޏަށްފަހުގައި، އެމީހެއްގެ ސިފައާމެދު މާބޮޑު ސަމާލުކަމެއް ނުދެވެނީއެވެ. އަދި ދިރިއުޅުމުގެ ބޮޑެތި ޒިންމާތަކާއެކު އެކަމަށް ވަގުތުވެސް ނުދެވެނީއެވެ. މިކަމުގެ ސަބަބުންވެސް އަންހެނުންގެ ހަށިގަނޑުގެ ބަރުދަން އިތުރުވާން މެދުވެރިވެއެވެ.

ބޭރުން ކެވޭލެއް ގިނަވުން:

ކައިވެންޏަށްފަހުގައި ދެމަފިރިންނަށް، ބޭރުން ކެއުމަށް ދައުވަތުތައް ލިބުމަކީ ވާނެ ކަމެކެވެ. އަދި ރެސްޓޯރެންޓްތަކަށް އެކުގައި ގޮސް، ކެއުމަށްވެސް ވަގުތު ލިބޭނެއެވެ. ބޭރުން ލިބޭ ދައުވަތުތަކަށް ނޫނެކޭ ބުނަން ނުކެރޭއިރު، މިފަދަ ކެއުންތަކުގައި ކެލެރީ ގިނަވުމަކީވެސް ވެދާނެ ކަމެކެވެ. އެހެންކަމުން މިއީ ދެމަފިރންވެސް ފަލަވާން މެދުވެރި ވެއެވެ.