އިޒްރޭލްގެ ޔަހޫދީންގެ އަނިޔާވެރިކަމާއި ނުބައި ކަމަކަށް ނިމުމެއް ނެތެވެ. އިންސާނިއްޔަތުގެ ކަންފުޅެއް ވެސް ނެތީއެވެ.

Ads by Asuru

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާޢަތް ނައްތާލުމަށް ކަމަށް ބުނެ، ހަމަލާތައް ދީ، ޝަހީދު ކުރަމުން އެ ދަނީ، އެއްވެސް ކުށެއް ނެތް، މައުސޫމް ތުއްތު ކުދީންނެވެ.

މި ފަހުން، ޔަހޫދީން ޖަބަލިއާ ރެފިއުޖީ ކޭމްޕުގައިވާ ސްކޫލަކަށް ވަދެ، ބަޑިން ދިން ހަމަލާ އަކީ ޔަހޫދީންގެ ނުބައި ނުލަފާކަމުގެ ވަރަށް ކުޑަ ކުޑަ މިސާލެކެވެ.

ޣައްޒާއަށް އެއްގަމު މަގުން އެރި ސިފައިން، ޖަބަލިއާ ކޭމްޕުގެ ޝާދިއާ އަބޫ ޣަޒަލާ ސްކޫލަށް ވަދެގަނެ، އެތަނުގައި ހިމާޔަތް ހޯދައިގެން ތިބި އެކި އުމުރުގެ މީހުން ޝަހީދުކޮށްލީ، ދިމާލަށް ބަޑި ޖަހައިގެންނެވެ. އެއްޗެއް ބުނެލުމުގެ ފުރުޞަތު ނުދީ، ތުއްތު މައުސޫމް ކުޑަ ކުދީންނާއި، އަންހެނުން ވެސް މުޅި އުމުރަށް ހިމޭން ކޮށްލީއެވެ.

ސަލާމަތްވި މީހުން، އެ ތަނުގެ ކްލާސްރޫމެއް ސިފަ ކުރަމުން ބުނީ، ކްލާސްރޫމްތަކުގައި، ފޮތްތަކުގެ ބަދަލުގައި އަތުރާފައި ހުންނަނީ ފުރާނަ ނެތް ހަށިތައް ކަމަށެވެ. ކްލާސްތަކުގެ ފާރުތަކުގައި ވެސް ވަނީ، ވަޒަނުގެ ސަބަބުން އެޅިފައިވާ ލޯވަޅުތަކުގެ ނިޝާނެވެ.

ޔަހޫދީން ޣައްޒާއަށް ހަމަލާ ދޭން ފެށީ، މިދިޔަ އޮކްޓޯބަރު މަހުގެ 07 ވަނަ ދުވަހުއެވެ. މި ހަނގުރާމައަށް ތިން މަސް ދުވަސް ވާން ކައިރިވެފައިވާއިރު، ފަލަސްޠީނުން ޝަހީދުވި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ، 21،000އާއި ވަނީ ގާތްކޮށްފައެވެ.

ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔަހޫދީން ހުރަސް އަޅަމުން އަންނައިރު، ޔަހޫދީންގެ ބޮޑިވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ، ހަނގުރާމައަށް ކުޑަވެސް ހުއްޓުމެއް ގެނައުމުގެ ވިސްނުން ނެތް ކަމަށެވެ.