ބޭނުންވާ ތަކެތި:

1 ދޮންކެޔޮ

Ads by Asuru

4/3 ޖޯޑު ޗޮކްލެޓް އައިސްކްރީމް

4/3 ޖޯޑު ޗޮކްލެޓް މިލްކް

2 މޭޒުމަތީ ސަމުސާ ޗޮކްލެޓް ސިރަޕް

6 އައިސްކިއުބް

1 ސައިސަމުސާ ކޮކޯ ޕައުޑާރ

ތައްޔާރުކުރާނެ ގޮތް:

މިކްސްޗަރަށް ދޮންކެޔޮ، އައިސްކިއުބް، ޗޮކްލެޓްމިލްކް، އައިސްކްރީމް، އަޅާ ރަނގަޅަށް އޮލަވަންދެން ބްލެންޑްކޮށްލާށެވެ.

އެއަށްފަހު ޗޮކްލެޓް ސިރަޕް ބޭނުންކޮށްލައިގެން ބިއްލޫރިތަށްޓެއްގެ އެތެރެ ޑިޒައިންކޮށްލާށެވެ. އެއަށްފަހު، އެ ތަށި ތެރެއަށް މިކްސްޗަރުގައި ހުރި ސްމޫތީ އަޅައިލުމަށްފަހު، މައްޗަށް ކޮކޯ ޕައުޑާރ ކޮޅެށް ބުރުވާލާށެވެ. އެއިރުން އެ ހުރީ ޗޮކްލެޓް ސްމޫތީ ތައްޔާރުވެފައެވެ.