އަދާލަތު ޕާޓީން ރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނަގަހައްްޓާނެ ކަމަށް އެޕާޓީގެ ރައީސް، އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން އެމްޑީޕީގެ ސަރުކާރުން އިސްލާމްދީނާ ހިލާފަށް ކުރާ ކަންކަން ދިފާއު ކުރާ ކަަމަށް ބައެެއް ފަރާތްތަކުން ތުހުމަތު ކުރަމުން އަންނައިރު، އިމްރާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީ އުފެއްދީ ދިވެހިރާއްޖޭގައި ފަނޑުވަމުން ދިޔަ ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އަދާލަތު ޕާޓީ ދެމި އޮންނާނީވެސް އެ ޒިންމާ އަދާ ކުރުމުގައެވެ.

އިމްރާން މިފަދައިން ވިދާޅުވީއިރު، ރައްޔިތުން ކަންބޮޑުވާ ދީނީ މައްސަލަތަކުގައި އެޕާޓީން ވަނީ ސަރުކާރުގެ ދިފާއުގައި ހަނު ހުރެފައެވެ. އެގޮތުން ބައިނަލްއަގްވާމީ ޔޯގާ ދުވަހުގައި ރާއްޖޭގައި ޔޯގާ އިވެންޓެއް ބޭއްވުމުން އެކަމާ ދެކޮޅަށް އަދާލަތުން ބަހެއް ނުބުނެއެވެ. ނަމަވެސް ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމެއްގެ ގޮތުގައި ދީނީ އިލްމުވެރިން ވަނީ ސިފަކުރައްވައިފައެވެ.