މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން އަންހެނަކު ފިހިއްޖެއެވެ.

Ads by Asuru

އެމްއެންޑީއެފުން ބުނީ މ.ބްލޫލައިޓް 6 ވަނަ ފަންގިފިލާގައި މި ހާދިސާ ހިނގާފައިވަނީ ގޭސް ފުޅިން އުނދުނަށް ގުޅާފައި އިން ހޮޅި ބާރުކުރަން އިން ނަޓު ދޫވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން މިހާރު އެ އުނދުނަށް ގުޅާފައި އިން ހޮޅި ރަނގަޅުކޮށް، އެކަން ޙައްލު ކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެގޭގައި ދިރިއުޅޭ ދިވެހި އަންހެނެއްގެ ހަށިގަނޑުގެ 10 ޕަސެންޓް ފިހިފައިވާތީ، އަވަސް ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާގައި އެ ގޭގެ ދޮރެއްގެ ބިއްލޫރިގަނޑެއް ވެސް ވަނީ ތަޅައިގެން ގޮސްފައެވެ.