މި ފެށޭ އައު އަހަރުގެ ފުރަތަމަ މަހުގައި، އިސްލާމިކް މިނިސްޓްރީން ކުރަން ރާވާފައިވާ މަސައްކަތްތައް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހިއްސާ ކުރައްވައިފިއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓްރީގައި ކުރިއަށް ރޭވިފައިވާ ކަންކަން ކަމުގައި ވިދާޅުވެ، ތިރީގައިވާ މަޢުލޫމާތު މިނިސްޓަރު ޝަހީމް ވަނީ މީސްމީޑިއާގައި ހިއްސާ ކުރައްވައިފައެވެ.

”2024 ޖެނުއަރީ 2: ޒަކާތު ހައުސް އިފްތިތާޙުކުރުން.
2024 ޖެނުއަރީ 3: އިސްލާމީ ދައުވަތުގެ 2024 ވަނަ އަހަރުގެ ޕްލޭން އިފްތިތާޙުކުރުން.
2024 ޖެނުއަރީ 4: އަތޮޅު ވަޤުފު މަޝްރޫޢު އިޢުލާންކުރުން.
2024 ޖެނުއަރީ 5: ރާއްޖެއިން ބޭރަށް ރަސްމީ ދަތުރު.
2024 ޖެނުއަރީ 21 މިނިސްޓްރީގެ 2024 ވަނަ އަހަރު އެކްޓިވިޓީ ޕްލޭން އިފްތިތާޙުކުރުން.“

އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް ފާހަގަކުރެވިފައިވަނީ، ވަރަށް ހަރަކާތްތެރި ވަޒީރެއްގެ ގޮތުގައެވެ. އެމަނިކުފާނު ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށް ގިނަ ގުނަ މަސައްކަތްޕުޅުތަކެއް ކުރަމުންނެވެ.