ސްރީ ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ރާއްޖެ ގެނައުމުން، ހާރިޖީ ކަންކަމުގައި ގޮތް ނޭންގޭ ޑީލް ހަދާކަން ހާމަވެފައިވާކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by Asuru

ލަންކާގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށް، ގޮތަބަޔާ ރާއްޖެ ގެނެސް، އެމަނިކުފާނަށް ސަރުކާރުން ހިމާޔަތް ދިނުމާ ގުޅިގެން އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިކަމުގައި ފޮރިން މިނިސްޓްރީން ހިމޭނުން އޮތުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، މިކަމަކީ ރާއްޖޭގެ ސިޔާދަތު ގެއްލިފައިވާކަމާއި، ހާރިޖީ ކަންކަމުގައިވެސް ގޮތް ނޭންގޭ ޑީލްސް ހަދަމުންދާކަން ހާމަވާ ކަމެއް ކަމަށެވެ.

”ސަރުކާރުން ގޮތަބަޔާ އަށް ހިމާޔަތް ދިނީތަ؟“ އާދަމް ޝަރީފްގެ ޓްވީޓްގައި ސުވާލު އުފައްދާފައިވެއެވެ.

ގޮތަބަޔާއަށް ދިވެހި ސަރުކާރުން ހިމާޔަތް ދިނުމާ ގުޅިގެން، ރާއްޖޭގައި ތިބި އެގައުމުގެ ރައްޔިތުން ދަނީ އަޑު އުފުލަމުންނެވެ.