ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވާ އެތަން ރީތި ކުރުމުގެ މަސައްކަތް ފަށައިފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by Asuru

ފަހުމީ ވިދާޅުވީ، މި މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ނިންމަން މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަކީ، ޤައުމީ ތަރިކައަށާއި ގައުމިއްޔަތަށް ވަރަށް ލޯބިކުރައްވާ މިފަދަ އާޘާރުތަށް ރައްކާތެރިކޮށް ބެލެހެއްޓުމަށް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދެއްވާ ބޭފުޅެއްކަން ފަހުމީ ވަނީ ފާހަގަކުރައްވައިފައެވެ.

އެގޮތުން ދިވެހިބަހާއި، ސަޤަަފަތާއި، ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން މި ފެށޭ ރަމަޟާން މަހުގެ ކުރިން ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވާ އެތަން ޒީނަތްތެރިކޮށް ނިންމުމަށް ސްޓެލްކޯއިން މިހާރު މިވަނީ މަސައްކަތް ފަށާފައިކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވަނީ އުވަލައިގެންނެވެ. ހުކުރު މިސްކިތު މުންނާރަކީ މިހާރު އެތައް ސަތޭކަ އަހަރުވެފައިވާ ބިނާއެކެވެ. މީގެ ކުރިން ވެސް އެ މުންނާރު މަރާމާތު ކުރުމުގެ މަސައްކަތްތައް ކޮށްފައިވެއެވެ.