މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފިއެވެ.
ސީ–އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށްޓަކައި ލޯންޗު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރަމްޒީ ތަޅުދަނޑި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހީމް އަބްދުއްރައްޒާގު ހަލީމްއާއި ޙަވާލު ކުރައްވާފައިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ސީއެމްބިއުލާންސް ބޭއްވުމަށް ނިންމާފައިވަނީ ވިލިމާލޭގެ ބަނދަރުގައިކަމަށެވެ.
އަދި ސީ އެމްބިއުލާންސް ބަލަހައްޓަމުން ގެންދާނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗް ހޮސްޕިޓަލް ގުޅިގެން ކަމަށެވެ.