މާލޭ ސިޓީ ކައުންސިލުގެ ދެ ކައުންސިލަރަކު ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

Ads by Asuru

ޕީއެންސީއާ މިރޭ ގުޅިވަޑައިގަތީ، ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމާއި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު ޢައިޝަތު ނިޒްލީ ރަޝީދުއެވެ.

މި ދެ ކައުންސިލަރުން ޕީއެންސީއާ ގުޅިވަޑައިގެންނެވީ މާލޭގެ މޭޔަރު ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރަން މިރޭ ބޭއްވި ޖަލްސާގައެވެ.

މި ދެ ކައުންސިލަރުން ޕީއެންސީއާ ގުޅުނު ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މާލެ ސިޓީ ކައުންސިލުގައި ޕީޕީއެމް އާއި ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންގެ އަދަދު މިހާރު ވަނީ 10 އަށް އަރައިފައެވެ.