ޤައުމެއްގެ ތަރައްޤީއަކީ ވަކި ބޭފުޅެއްގެ ވެރިކަމުގެ މައްޗަށް ހުއްޓިފައިވާ ކަމެއްނޫން ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް، އަދި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ޢަބްދުއްރަޙީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުމެއްގެ ތަރައްގީއަކީ ވަކި ބޭފުޅެއްގެ ވެރިކަމުގެ މައްޗަށް ހުއްޓިފައިވާ ކަމެއް ނޫންކަން ފެންނަމުންދާ ކަމަށެވެ.

ޤައުމަކަށް ބޭނުންވަނީ ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކު، ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން ވެރިކަން ކޮށްދެއްވާނެ ވެރިއެއް ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

”ރައީސް ޑރ. މުޢިއްޒުގެ ފަރާތުން ފެންނަމުންދަނީ މި ދެންނެވި ސިފަތައް.“ އޭނާ ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވިއިރު، ރާއްޖޭގެ ތަރައްޤީގެ ބާނީ ކަމަށް ޕީޕީއެމް/ޕީއެންސީން ސިފަ ކުރަމުން ގެންދެވި، ރައީސް ޔާމީން އަބްދުލްޤައްޔޫމާއި އެ ދެ ޕާޓީގެ ލީޑަރޝިޕާއިމެދު މައްސަލަ ޖެހި، ރައީސް ޔާމީން ވަނީ އެ ކޯލިޝަން ދޫކޮށްލައްވައިފައެވެ.