ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޓްވިޓަރ އެކައުންޓް ވެރިފައި ކޮށްފިއެވެ.

Ads by Asuru

ރައީސް ޔާމީން ޓްވިޓަރއާ ގުޅިވަޑައިގެންނެވިތާ ހަފްތާއެއް ނުވާއިރު، އެމަނިކުފާނަށް 7،000އަށްވުރެ ގިނަ ފޮލޯވަރސް ވަނީ ލިބިވަޑައިގެންފައެވެ. އެމަނިކުފާނު ފޮލޯ ކުރައްވަނީ، އިދިކޮޅު ޕީޕީއެމްގެ ރަސްމީ ޓްވިޓަރ އެކަނިކަން ފާހަގަކޮށްލެވެެއެވެ.

ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން، އެންމެ ފަހުން ޓްވިޓަރއާ ގުޅިވަޑައިގެންނެވި ބޭފުޅަކީވެސް ރައީސް ޔާމީނެވެ. ޓްވިޓަރ ބޭނުން ކުރައްވަން ފެއްޓެވުމަށްފަހު، ރައީސް ޔާމީން އެންމެ ފުރަތަމަވެސް ކުރެއްވި ޓްވީޓުގައި ވަނީ ދިވެއްސަކަށްވީތީ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެެވެ.

އަދި ފަހުން ކުރެއްވި ޓްވީޓުތަކުގައި އަވަށްޓެރި އިންޑިއާއާ ސަރުކާރުން މާގާތް ގުޅުމެއް ބާއްވާތީ ފާޑުވިދާޅުވެ، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭ މައްސަލައިގައި ކަންބޮޑުވުންފާޅު ކުރެއްވިއެވެ.