ޕަބްލިކް ސަރވިސް މީޑިއާ(ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް ނ.ވެލިދޫ، އަމަން ޢަބްދުﷲ ޔާމީން އައްޔަންކުރައްވައިފިއެވެ.

Ads by Asuru

ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވައިފައިވާ ޔާމީން އަކީ ކުރިން ވެލިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ މީގެ ކުރިން ޗެނަލް13ގައި ވެސް މަސައްކަތް ކުރައްވައިފައިވެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމާއި، އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގެ މަތިން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ޢަބްދުﷲ ޔާމީން އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ސ.ހުޅުދޫ، ކަޅުމަގިގެ ޢަބްދުالله ރަޝީދު ވަކި ކޮށްފައިވާ ކަމަށް ވެސް ޕީސީބީން ބުނެއެވެ.