ދިވެހިރާއްޖެ އާއި ޗައިނާ އާއިއެކު، އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި ގުޅޭ 20 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by Asuru

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުގެ ތެރެއިން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ރައީސާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ބައިވެރިވެވަޑައިގަތެވެ.

މިއަދު ޗައިނާ އާއި ރާއްޖެ އާއި ދެމެދު މެދުގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނަޝިޕާއި ކާބަން މަދުކުރުމާއި ބްލޫ އިކޮނޮމިކް ކޯޕަރޭޝަން އެމްއޯޔޫ ހިމެނެއެވެ.

މީގެ އިތުރުން ކާރިސާތައް މަދުކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާއި ގްރީން ޑިވެލޮޕްމަންޓް އެމްއޯޔޫ އަކާއި ޑިޖިޓަލް ދާއިރާ ތަރައްޤީ ކުރުމާއި ސޯޝަލް ހައުސިން އާއި އެއާޕޯޓް ތަރައްގީ ކުރުމު އެއްވަސްވުން ވެސް ހިމެނެއެވެ.

އަދި މީޑިއާ ތަރައްޤީ ކުރުމާއި އަދި އެހެން ގިނަ ދާއިރާތަކުން ދެ ޤައުމުން ސޮއިކުރިއެވެ.