...
Advertisement
އެކި ދާއިރާތަކުން، ރާއްޖެ އަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ޗައިނާއިން ހުށަހަޅައިފި

ގިނަ ދާއިރާތަކުން ރާއްޖެއާއި ގުޅުން ބަދަހި ކުރުމަށް ޗައިނާ އިން ހުށަހަޅައިފިއެވެ.

Ads by Asuru

މި ވާހަކަފުޅުތައް ދެކެވުނީ ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، އަދި ޓްވެންޓިއަތް ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބަރ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ، ލީ ޗިއާންގ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒާއި ސްޓޭޓް ކައުންސިލުގެ ޕްރިމިއަރ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން ބިނާވެފައިވަނީ ސިޔާދަތީ ހަމަހަމަކަމާއި ދެޤައުމުންވެސް އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި އަދި ދެޤައުމުގެ ދެމެދު އޮތް ތާރީޚީ ގުޅުންތަކުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒާއި ސްޓޭޓް ކައުންސިލުގެ ޕްރިމިއަރ ދެއްކެވި ވާހަކަފުޅުގައި، ރައީސް މުޢިއްޒުގެ ސަރުކާރުން އަލަށް ފައްޓަވަން ނިންމަވާފައިވާ މަޝްރޫޢުތަކާ ގުޅޭ ގޮތުންނާއި އީ-ކޮމަރސްގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ޚާއްސަކޮށް ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާއި، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއާއި، މިނޫންވެސް ރާއްޖޭގެ ތަރައްޤީއަށްޓަކައި ރާއްވަވާފައިވާ އިތުރު މަޝްރޫޢުތަކުގައި އެއްބާރުލުން ދިނުމަށް މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސްޓޭޓް ކައުންސިލުގެ ޕްރިމިއަރ ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ފަރާތުން ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ހުށަހެޅުއްވިއެވެ. އެގޮތުން ސްކޮލަރޝިޕް ފުރުސަތުތަކާއި، ފަންނީ ދާއިރާތަކުން އަމަލީ ތަމްރީނުގެ ފުރުސަތުތަކާއި، އެކި ކުޅިވަރުތަކުގެ ތަމްރީނުގެ ފުރުސަތުތަކާއި، މަސްވެރިކަމުގެ ދާއިރާއާއި މެރިޓައިމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ޤުދުރަތީ ދިރުންތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، މެޓްރޮލޮޖިކަލް ޓެކްނޮލޮޖީއާއި އަދި މިނޫންވެސް އެކި ދާއިރާތަކުން ގުޅުންބަދަހިކުރުން ހިމެނެއެވެ.

ރައީސްގެ ވާހަކަފުޅުގައި ދެ ޤައުމުން އިސްކަންދޭ މުހިންމު އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށާއި، އެމަނިކުފާނުގެ ރިޔާސީ ޒައާމަތުގައި ދެ ޤައުމުގެ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1972 ވަނަ އަހަރުގައެވެ.

Ads by ooredoo maldives