ޗައިނާ ސަރުކާރުން ރާއްޖެއަށް 1000 ސްކޮލަރޝިޕްގެ ފުރުޞަތު ދެއްވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އެމަނިކުފާނުގެ އަނބިކަނބަލުން ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ޗައިނާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތައް އޮޅުން ފިލުއްވައި، އެ ދަތިތައް ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައިވަނީ ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާ ސަރުކާރުން 1000 ސްކޮލަރޝިޕްގެ ފުރުޞަތު ރާއްޖެއަށް ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ.

އެ 1000 ސްކޮލަރޝިޕަކީ ފަސް އަހަރު ދުވަހަށް ބަހާލައިގެން ސިވިލް ސަރވިސް މުވައްޒަފުންނަށް ދެއްވުމަށް ނިންމާފައިވާ ސްކޮލަރޝިޕްތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ކޮންމެ އަހަރަކުވެސް 200 ދިވެހިންނަށް ފުރުޞަތު ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.