މިއަދު މާލެ ސިޓީގެ މޭޔަރު ހޮވުމަށާއި، މާލެ ސިޓީ ކައުންސިލުގެ ހުސްވި ތިން ގޮނޑިއަށް މެމްބަރުން ހޮވަން ބޭއްވި ބައި-އިލެކްޝަންގެ ވޯޓުތައް ގުނަން ފަށައިގެން ކުރިއަށް އެބަދެއެވެ.

Ads by Asuru

މިއަދުގެ އިންތިޚާބުގައި ވޯޓުލީ، ވަރަށް މަދު ބައެއްކަން އިލެކްޝަންސް ކޮމިޝަން(އީސީ) އިން އާއްމު ކުރި މަޢުލޫމާތުތަކުން އެނގެއެވެ.

އީސީން ބުނީ، މިއަދުގެ އިންތިޚާބުގައި ހަވީރު 4:00 އާއި ހަމައަށް ވޯޓުލީ 14،605 މީހުން ކަމަށެވެ. އެއީ މި އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ 56،002 މީހުންގެ ތެރެއިން 26.08 އިންސައްތަ މީހުންނެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ 8:00ގެ ކުރިން ލިބޭނެ ކަމަށް ވެސް އީސީން ކުރިން ބުނެފައިވެއެވެ.