ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން ”ފާސްޓް ޓްރެކް“ގައި ކުރިއަށް ގެންދިއުމަށް އެ ޤައުމުން އެއްބަސްވެއްޖެއެވެ.

Ads by Asuru

އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން ދެ ޤައުމުގެ އިސްވެރިންގެ މެދުގައި އެކުލަވާލާފައިވާ ޓެކްނިކަލް ކޮމިޓީގެ މިއަދު ބައްދަލުވުމަށްފަހު އިންޑިއާގެ ނިންމުން ހާމަކުރީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް މުރާޖަޢާ ކުރުމާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށެވެ.

އަދި ތަރައްޤީއާއި ގުޅޭ ކަންކަމުގައި އާއި ދެ ފަރާތުގެ މސްލަހަތާއި ޝައުގުވެރިކަން ހުރި ކަންކަމުގައިވެސް އިތުރަށް މަޝްވަރާކޮށް ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

ދެ ޤައުމުގެ އިސްވެރިން ހިމެނޭ ކޮމިޓީގެ އިތުރު ބައްދަލުވުމެއް ދެ ޤައުމަށްވެސް އެންމެ ފަސޭހަ ވަގުތެއްގައި ބޭއްވުމަށް ނިންމާފައިވާ ކަަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވައުދެވެ.