މާލެ ސިޓީން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

Ads by Asuru

ރާއްޖޭގައި ދާދި ފަހުން އުފެއްދި މޯލްޑިވްސް ޒަކާތު ހައުސް އިން ވަނީ، މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، އިއްޔެ ހުޅުވައިލައިފައެވެ.
ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 12:00 އަށް ހުޅުވައިލައިއެވެ.
މިކަމަށް އެދި ހުށަހަޅާ ފޯމު ޒަކާތު ހައުސްގެ ކައުންޓަރުންނާއި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ފޯމު ބަލައިގަންނާނީ ޒަކާތު ހައުސްގެ ކައުންޓަރުންނެވެ.