މާލޭގެ އެކި ގަސްގަހުން ހުއްދަ ނެތި އަނބު ބިންނަ މައްސަލައިގައި އަޒްނީފް މުޙައްމަދު 34، އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

Ads by Asuru

އަޒްނީފް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ހުއްދަ ނެތި 200 އަނބު ބިނދެގެން ހައްޔަރުޔުކޮށްފައެވެ.

އޭނާ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އަނެއްކާ ހައްޔަރުކުރީ، މާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ކުރިން ހިންގި އިމާރާތްކަމަށްވާ ހ. އަތިރީގޭގެ ފުރާޅުމަތިން އަނބު ބިންނަން ހުއްޓައެވެ.

އަޒްނީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

އޭނާގެ ބަންދު އަމުރުގައިވާ ގޮތުން މީގެ ކުރިންވެސް އޭނާ ވަނީ ހުއްދަ ނެތި އެކި ގަސްގަހުން އަނބު ބިނދެގެން ހައްޔަރުކޮށް ބަންދު މުއްދަތުވެސް ޖަހައިފައެވެ.