އދ.މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން އަތުލާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

Ads by Asuru

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ މާމިގިލި ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައެވެ.

އެގޮތުން ނައްތާލާފައިވަނީ 1318 ފުޅި ބަނގުރާއާއި 347 ދަޅު ބިޔަރެވެ.

ފުލުހުން ބުނީ މި ތަކެއްޗަކީ 2021 ޑިސެމްބަރ 26 އިން މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.