ސިހުރުވެރިންގެ އެހީތެރިކަން ނުހޯދަން ފިޤުޙު އެކަޑަމީން އިލްތިމާސްކޮށްފިއެވެ.
ފިގްހު އެކަޑަމީން ނެރުނު އިއުލާނެއްގައި ބުނީ ސިހުރު ހަދާ މީހުންގެ ގާތަށް ގޮސް ހުއްދަ ރުގްޔާގެ ނަމުގައި ފަންޑިތަައިގެ އެހީ ލިބިގަތުމަކީ ޚަރާމް ކަމެއް ކަމަށެވެ.
މީގެ އިތުރުން މި ފަހަކަށް އައިސް ރާއްޖޭގެ ބައެއް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސިހުރު ހެދުމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ފިގްހު އެކަޑަމީން ވަނީ ފާހަގަކޮށްފައެވެ.
ފިގްހު އެކަޑަމީން ވަނީ ޚަބަރު ފަތުރާ ފަސީލަތްތަކުން އެފަދަ ތަކެތި ނުފޮނުވުމަށްވެސް އިލްތިމާސްކޮށްފައެވެ.