ސްރީލަންކާގެ ރައީސް ކަމަށް ރަނިލް ވިކްރަމަސިންހަ އިންތިހާބު ކޮށްފިއެވެ.

Ads by Asuru

ސްރީލަންކާގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރަނިލް މިވަގުތު ހުންނެވީ ރައީސް ކަމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންފިއެވެ.

ލަންކާއަށް ރައީސަކު އިންތިހާބު ކުރުމަށް ގާނޫނު ހަދާ މަޖިލީހުގައި މިއަދު ނެގި ސިއްރު ވޯޓުގައެވެ.  ރަނިލް އަށް ކާމިޔާބު ލިިބިވަޑައިގަތީ 134 ވޯޓުންނެވެ. ރައީސް ކަމަށް ދެން ވާދަކުރެއްވި ދުލާސް އައްލަހަޕެރޫމާއެވެ. އޭނާއަށް  82 ވޯޓު ލިބުނުއިރު، އަނޫރާ ކުމާރާ ޑިސަނަޔަކައަށް ލިބުނީ 3 ވޯޓެވެ.

ރަނިލް ވެރިކަމުގައި ހުންނަވާނީ 2024 ވަނަ އަހަރުގެ ފަހުކޮޅާއި ހަމައަށެވެ.