ފިލްމީ ތަރި ޢަލީ ސީޒަން ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ މަޤާމަކަށް އައްޔަން ކުރައްވައިފިއެވެ.

Ads by Asuru
މި ނޫހަށް އެނގިފައިވާ ގޮތުގައި، އޭނާ އައްޔަން ކުރައްވާފައި ވަނީ ފަސްޓް ސެކްރެޓަރީގެ މަޤާމަށެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އޭނާ ވަނީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް ތާއީދު ހޯދުމަށް މަސައްކަތް ކުރައްވައިފައެވެ.

ިއަދި ފަހުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވެސް ވާދަ ކުރަން ނިންމެވިއެވެ. ނަމަވެސް ސީޒަން ފަހުން ވަނީ މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން ހާމަކުރައްވައިފައެވެ.