މާލެސިޓީގެ މުނިސިޕަލް ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ”ސްޕެޝަލް ކޮންސިޓިބިއުލަރީ“ ގެ ހިދުމަތް އިފްތިތާހު ކޮށްދެއްވައިފިއެވެ.

Ads by Asuru

ލޮނު ޒިޔާރާތް ޕާކުގައި ރޭ ބޭއްވި މާލޭ ސިޓީގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގައި އެ ޚިދުމަތް އިފްތިހާހު ކޮށްދެއްވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ކަމާ ބެހޭ އެސްއޯޕީ ހަވާލުކޮށްދެއްވީ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އެ އެސްއޯޕީއާ ހަވާލުވެވަޑައިގަތީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން އަހްޒަމްއެވެ.

އަންނަ އޯގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެއާ ވިލިމާލޭގެ ރައްޔިތުންނަށް އެ ހިދުމަތް ލިބޭނެއެވެ.

ސްޕެޝަލް ކޮންސްޓިބިއުލަރީ ޚިދުމަތުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ މިސްކިތްތަކުގެ ހުރުމަތް ހިފެހެއްޓުމަށާއި މަގުތަކުގެ ތަރުތީބު ބެލެހެއްޓުމަށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އަދި އެ ޚިދުމަތުގެ ދަށުން ޖޫރިމަނާ ކުރާނީ ތަކުރާރުކޮށް ހަނދާންކޮށްދިނުމުން ވެސް އުސޫލުތަކާ ޚިލާފުވުމުން އެކަނި ކަމަށެވެ. އަދި އެކަމާ ގުޅިގެން އަމަލުކުރާނެ ގޮތްތަކާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ކުރިއަށް އޮތް ތަނުގައި ހިންގާނެކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި، އެ ހިދުމަތުގެ ދަށުން މާލެ ސިޓީގެ ބިންތަކުގެ ތެރެއިން އާންމު ބިންތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބިންތަކުގައި ހުއްދަނެތި ބަހައްޓާފައި ހުންނަ ތަކެތީގެ ކަންކަން ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.