މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ސްރީލަންކާގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވައިފިއެވެ.

Ads by Asuru

ސްރީ ލަންކާގެ ބޮޑުވަޒީރު، ދިނޭޝް ގުނަވަރްދޭނާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް ބައްދަލު ކުރެއްވީ އޭނާ މިހާރު ސްރީލަންކާ ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

އެ ބައްދަލުވުމުގެ ތަފުސީލެއް މަޖިލީހުގެ އިދާރާއިން އަދި ހާމައެއް ނުކުރެއެވެ.

އަސްލަމް ސްރީ ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، މަހިންދަ ޔަޕަ އަބޭވަރްދޭނާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން އަސްލަމް ވަނީ އެގައުމުގެ ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސައާ ވެސް ބައްދަލު ކުރައްވައިފައެވެ.