ރާއްޖެއަށް، ހޮންގް ކޮންގް އެއަރލައިންސްގެ ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ.

Ads by Asuru

ހޮންގް ކޮންގް އެއަރލައިންގެ ޝެޑިއުލް ދަތުރުތައް އަލުން ރާއްޖެއަށް ފެށުމާއި ގުޅިގެން އެ އެއަރލައިނުން ރާއްޖެއަށް އައި ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އަދި ފަތުރުވެރިންނަށް ދިވެހި ސަޤާފީ ބޮޑުބެރާއެކު، ރަތްފިނިފެންމަލުން ވަނީ މަރުޙަބާ ކިޔާފައެވެ.

މި އެއަރލައިނުން ރާއްޖެއަށް ޖުމްލަ 209 ފަތުރުވެރިން ވަނީ އައިސްފައެވެ.

ހޮންގް ކޮންގް އެއަރލައިންގެ ދަތުރުތައް ހަފްތާއަކު ތިން ދުވަހު ރާއްޖެއަށް ކުރަން ހަމަޖެހިފައިވާއިރު، މި ދަތުރުތައް ކުރާނީ އެއަރބަސް އޭ330 މަރުކާގެ ބޯޓުންނެވެނ

ހޮންގް ކޮންގް އެއަރލައިންގެ ދަތުރުތައް އަލުން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިންއާއި، އެމްއޭސީއެލްއާއި، އެމްއެމްޕީއާރުސީ އަދި އިމިގްރޭޝަންގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހޮންގް ކޮންގް އެއާލައިންއިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރު ފެށީ 2011 ގައެވެ.

އެއަށްފަހު 2018 ވަނަ އަހަރުގެ ތެރޭގައި އެ އެއަރލައިނުން ޝެޑިއުލް ދަތުރުތަކެއް ފެށި، ނަމަވެސް އެ ދަތުރުތައް 2019 ވަނަ އަހަރު ހުއްޓާލަން ޖެހުނީ ކޯވިޑް19ގެ ސަބަބުންނެވެ.