ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުންނާއި ސުވާލު ކުރެވޭނެ ގޮތަށް ފޯރަމްތަކެއް ބާއްވާ، ރައްޔިތުންގެ ގާތަށް ވަޑައިގަތުމަށް އަންނަ ހަފްތާގައި ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ހުރިހާ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރަން ނިންމެވި ކަމަށާއި، އެ ދަތުރުތައް މި އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށެވެ. އަދި ވަގުތު ލިބޭވަރަކުން ވަރަށް އަވަހަށް ހުރިހައި ރަށެއްގެ ރައްޔިތުންނާއި ބައްދަލުކޮށް ނިންމަވާނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން އޮޅުން ފިލުވާ ދިނުމަކީ މީގެ ތެރޭގައި ހިމެނޭ ކަމެއް ކަަމަށެވެ. މިގޮތުން ދެ މަހުން އެއް މަހު ވަޒީރުން، ރައްޔިތުންނަށް ސަރުކާރުން ކުރާ ކަންކަން ކިޔާ ދިނުމަށް، ރައްޔިތުން ސީދާ ޕަބްލިކް ފޯރަމެއްގައި ޖަވާބު ދިނުމަށް ފުރުސަތު ދޭނެ ކަަމަށް މީގެ ކުރިން ވިދާޅުވިކަން ރައީސް ފާހަގަކުރެއްވިއެވެ.